މަސައްކަތް
ނަންބަރު: GS121/IUL/2015/13
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 24 އޮގަސްޓް 2015 13:30
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލްގެ ކެބިން ޕާޓިޝަން ޖަހައިގެން ހެދުން

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޕްރިންސިޕަލްގެ ކެބިން ޕާޓިޝަން ޖަހައިގެން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް މި ސްކޫލަށެވެ. މަސައްކަތުގެ ޕުރޮޕޯޒަލް ހުށަހެޅުން އޮންނާނީ 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 ގައި މި ސްކޫލުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ހާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ޕްރިންސިޕަލްގެ ކެބިން ޕާޓިޝަން ޖަހައިގެން ހެދުމާބެހޭ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ފޯން ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015