މަޤާމް :
|
އެސިސްޓެންޓް ސޭލްސް އޮފިސަރ، ހުޅުމާލެ ޕޯސްޓް
|
ބޭނުންވާ އަދަދު:
|
01 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/5700 ރުފިޔާ (ފަސްހާސް ހަތްސަތޭކަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/2600 ރުފިޔާ (ދެހާސް ހަ ސަތޭކަ ރުފިޔާ )
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
ހުޅުމާލެ ޕޯސްޓް އޮފީސް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުން
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއެކު، ދިވެހި އަދި އިގިރޭސިން ފާސްވެފައިވުން
|
މަޤާމުގެ މަސްޢޫލިއްޔަތު
|
- ކައުންޓަރުން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުން
- ސޭލްސް ރިޕޯޓު ތައްޔާރުކޮށް، ފައިސާ ކޭޝިއަރާ ހަވާލުކުރުން
- އީ.އެމް.އެސް މަޢުލޫމާތު އައި.ޕީ.އެސް ލައިޓަށް އަޕްޑޭޓްކުރުން
- ޝޮޕް އައިޓަމްތަކުގެ ސްޓޮކް ބެލެހެއްޓުން
- ޑޭޓާ އެންޓަރކުރުން
- މެއިލް ޕްރޮސެސްކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- ޑިއުޓީ އުޞޫލުން ޝިފްޓް ޑިއުޓީތަކުގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
- އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ޑިއުޓީ އުޞޫލުން 8 ގަޑިއިރު
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 19 މާރިޗް 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 19 މާރިޗް 2025 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|