ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)H04-HC/2025/04
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 22:35
ސުންގަޑި: 19 މާރިޗު 2025 13:00
ތުލުސްދޫ ޞިއްޙީ މަރުކަޒު، ކ. ތުލުސްދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމު:

ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-407414

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ޞިއްޙީމަރުކަޒު

މުސާރަ:

5,610.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.
  4. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  5. ހެލްތު އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތްދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ބިލް ތައްޔާރުކުރުން.
  2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި ޑޮކްޓަރ ކޮޓަރިއަށާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
  3. ޚިދުމަތް ދެވުނު ފަރާތުގެ އެކައުންޓަށް ބިލްތައް އެންޓަރ ކުރެވިފަވޭތޯބަލައި ކެންސަލް ކުރަންޖެހޭ ޓްރާންސް ސެކްޝަންތައް ކެންސަލްކުރުން.
  4. ކްރެޑިޓްގެ ދަށުން ދެވޭ ޚިދްމަތްތަކަށް، ކޮންމެ ދުވަހަކު ހެދޭ ބިލްތަކަށް އެބިލްތަކުގެ އަޞްލާއި އެއްގޮތަށް އިންވޮއިސް ހެދުން.
  5. ކައުންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ސަލާމް ބުނެ އަދި ތަނަށްދަތިވެއްޖެ ޙާލަތެއްގައި ތަނުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  6.  އަތޮޅުތެރޭގެ ޞިއްޙީމަރުކަޒުތަކުން ގެންނަ ޖެހޭ އެންމެހައި ލިޔެކިއުންތައް ގެނައުމާއި، މިނިސްޓްރީއަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ކަނޑައެޅޭ ތާރީޚަށް ފޮނުވުމާއި މީގެ އިތުރުންވެސް ސްޓޯރުގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހުނު ،ކުރެވޭ ކޮންމެކަމެއްވެސް ކުރުން.
  7. މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހޯދާ ސްޓޮކްކުރުމާއި މަރުކަޒުގެ ލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ އެތަކެތި ސްޓޮކްކޮށް ބަލަހައްޓާ ހަމަޖެހިފައިވާ ޤަވާޢިދުގެ ދަށުން ތަކެތި ދޫކުރުން.
  8. ކެންސަލް ކުރެވޭ ބިލްތަކުގައި ސަބަބު ލިޔެ ވެރިޔަކު ލައްވާ ސޮއިކުރުވުން.
  9. މަރުކަޒަށް ހޯދާ ތަކެތި އިންވެންޓްރީ ކުރުމާއި އިންވެންޓްރީ ޗިޓް ތަކެތީގައި ޖެހުމުގެ އިތުރުން އެސެޓް މާރސްޓަރ ބެލެހެއްޓުމާއި ސްޓޮކުން ތަކެތި ހުސްވިޔަނުދީ ސްޓޮކަށް މަދުވާ ތަކެތި ހޯދާ ސްޓޮކް ކުރުމާއި މުއްދަތު ހަމަވާތަކެތި ކަނޑައެޅިފައިވާ ޤަވާޢިދުގެ ދަށުން ނައްތާލާ ރެކޯރޑްތައް ފުރިހަކުރުމާއި ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯރޑްސްތައް ޤަވާޢިދުން ބަލަހައްޓާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ސްޓޮކްގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ރިޕޯރޓްތައް ތައްޔާރުކުރުން.
  10. މަރުކަޒުން ހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ ޑެލިވަރީ ފޯމް، ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި މަރުކަޒުން އެކި ތަންތަނަށް ފޮނުވާ ތަކެތީގެ ޑިސްޕެޗް ނޯޓް ފުރިހަމަކޮށް ފޮނުވާ ، އަނބުރާ ފޯމްތައް މަރުކަޒުން ހޯދާ ފައިލްކޮށް ބެލެހެއްޓުން.
  11. ބަލިމީހާގެބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑްޝީޓްގައި ޑޮކްޓަރުގެ ލަފާގެމަތިން ލިޔަމުން ގެންދިއުން.
  12. ސިއްހީ އެމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ

ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   (ޕްރިފަރޑް)
  • ބިޒްނަސް މެނޭޖްމަންޓް   (ޕްރިފަރޑް)
  • ކަސްޓަމަރ ކެއަރ   (ޕްރިފަރޑް)
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން (ޕްރިފަރޑް)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް
  3. ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރޗް 2025 ގެ 13:00 ގެ ކުރިން، މާލެއަތޮޅު ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހައަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 08 އޭޕްރިލް 2025 އާއި 17 އޭޕްރިލް 2025 އާއި ދެމެދު މާލެއަތޮޅު ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު އަދި އިމްތިޙާން ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640090 އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51)  އިން ލިބެން ހުންނާނެއެވެ.

12 މާރިޗު 2025