ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2025/5
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 18 މާރިޗު 2025 13:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ލޭބަރފޯސް ސާރވޭ 2024-2025 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

އިޢުލާން

ލޭބަރފޯސް ސާރވޭ 2024-2025 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

                   މިބިއުރޯގެ ފަރާތުން މާލެ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ "ލޭބަރފޯސް ސާރވޭ 2024-2025" ގައި (އޭޕްރީލް 2025 އިން އޮގަސްޓް 2025 އަށް) ހަރަކާތްތެރިވުމަށް އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސާރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

                 އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 4 ދުވަހުގެ ތަމްރީނެއް ކުރިއަށްގެންދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސާރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސާރވޭގެ މުއްދަތުގައި މަހަކު އެއްފަހަރު ހަފްތާއަކު 06 ދުވަހު ފީލްޑް މަސައްކަތްކުރިއަށް ދާނެއެވެ. އަދި ތިރީގައިވާ ތާވަލާއި އެއްގޮތަށް އޭޕްރީލް މަހު ސާރވޭ ކުރިއަށްދާނެއެވެ.

7 – 13 އޭޕްރީލް 2025

އޭޕްރީލް 2025

20 – 26 އޭޕްރީލް 2025

އޭޕްރީލް 2025

      -  ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150ރ (މިއެލަވަންސް ދެވޭނީ ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

      -  ފީލްޑް، ކޯޑިންގ އަދި ޑޭޓާ ޕްރޮސެސިންގ މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 500/-ރ

      -  ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް 20/- ރ

                   މިގޮތުން، މިކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/4zGWy2ttEcguSk1v8  އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 18 މާރޗް 2025ގެ 13:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.

…………………………………………………………………

12 މާރޗް 2025

 

12 މާރިޗު 2025