ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/023
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:19
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަންސިޔާމް ޤުރުއާން ކިލާސްގައި އަލަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން
ރަށުގައި ދިރިއުޅޭ ސްކޫލު ދަރިވަރުންނާއި ބޮޑެތި އުމުރުގެ ފަރާތްތަކަކީ ޤުރުއާންގެ ހަމަތަކަށް ތަޖްވީދުން ކިޔަން އިނގޭ ބަޔަކަށް ހެދުމަށާއި، ރަށުގެ ކޮމިއުނިޓީގެ ބޭފުޅުންގެ ހިތުގައި ޤުރުއާނަށް އޮތް ލޯބި އިތުރުކުރުމުގެ މަޤްސަދުގައި ސަންސިޔާމް ކެއަރ ގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޤުރުއާން ކިލާސްތަކުގައި އަލަށް އެލް.ކޭ.ޖީ އާއި ގުޅޭ ދަރިވަރުންގެ އިތުރުން އަލަށް ޤުރުއާން ކިލާސްގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށާއި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
ޤުރުއާން ކިލާސްގައި އަލަށް ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
12 މާރިޗު 2025