ޢާންމު މަޢުލޫމާތު
ނަންބަރު: (PP)246/246/2025/3
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:35
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ގަރާޖުލިޔުން ދޫކުރުމާ ގުޅޭ އުޞޫލް

މި އުޞޫލަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ގަރާޖު ލިޔުން ދޫކުރުމަށް އެކުލަވާލެވިފައިވާ ގުޅޭ އުޞޫލެވެ.

ވީމާ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 195 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށް، މި އުސޫލު އާންމު ކުރީމެވެ.

27 ފެބުރުވަރީ 2025