ދިވެހިރާއްޖެ
މިކުންފުނީގެ އެކިއެކި ބޭނުންތަކުގައި މާލޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށާއި މުދާ އުފުލުމަށްޓަކައި 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރެވުނު ފުރަތަމަ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުޞަތު އަލުން ހުޅުވާލައި ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/078ފ(29 ޖޫން 2015) ދެވަނަ އިޢުލާނަށްވެސް ވަނީ އެކަށީގެންވާ ތަރުޙީބެއް ނުލިބިފައެވެ. ވީމާ، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.
28 ޝައްވާލް 1436