ދިވެހިރާއްޖެ
ސިލިޕްވޭއެއް ހެދުމަށް ސިނާއީ ސަރަހައްދު (ކޮލާ އޭރިޔާއިން) 25000 (ފަންސަވީސް ހާސް) އަކަފޫޓުގެ 01 ބިންކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.
ވީމާ، ސިލިޕްވޭއެއް ހެދުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
12 މާރިޗު 2025 |
ބުދަ |
13:00 |
ނޯޓް: މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތުތަކާއިއެކު 12 މާރިޗު 2025 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އީމެއިލް: [email protected] ކުރެއްވުން އެދެމެވެ. v މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ. v މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި އައި.ޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް އަދި ފޯން ނަންބަރު: v ކުންފުނީގެ ނުވަތަ ވިޔަފާރީގެ އީ-މެއިލް އެޑްރެސް :(އޮންލައިންކޮށް ބާއްވާ މަޢުލޫމާތު ސެޝަންގެ ލިންކު މި އީމެއިލްއަށް ފޮނުވޭނެއެވެ.) |
|||
މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުން (މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި އޮންލައިންކޮށްވެސް ބައިވެރި ވެވޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މީޓިންގެ ލިންކް ރަޖިސްޓަރީކޮށްފައިވާ މެއިލް ކުރެވޭނެއެވެ. |
13 މާރިޗު 2025 |
ބުރާސްފަތި |
11:00 |
ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި |
20 މާރިޗު 2025 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ސާފުކުރާ ސެޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 رَمَضَان 1446