ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)415-HR/415/2025/62
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 12 މާރިޗު 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅުކޭސް ބެހުމާއި ބެހޭ

އިޢުލާން

ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅުކޭސް ބެހުމާއި ބެހޭ

ރޯދަ ހަދިޔާގެ ގޮތުގައި ސަރަކާރުން ދެއްވާ މަސްދަޅުކޭހުގެ 1996 ކޭސް 07 މާރިޗް 2025 ވީ ހުކުރު ދުވަހު މިއިދާރާއަށް ލިބި، 08 މާރިޗް  2025 ވީ ހޮނިހިރު ދުވަހުން ފެށިގެން ގޭގެއަށް ޙަވާލުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. ނަމަވެސް ކައުންސިލްގެ ޓީމްތައް މަސްދަޅުކޭސް ޙަވާލުކުރުމަށް ގޭގެއަށް ޒިޔާރަތްކުރިއިރު، ބައެއް ގެތަކުން ޙަވާލުވާނެ ފަރާތަކާއި ބައްދަލުނުވުމާއި އަދި ބައެއްގޭގޭގައި ބިދޭސީން ދިރިއުޅުން ފަދަ ސަބަބުތަކާހުރެ، ޙަވާލު ނުކުރެވި ހުރި މަސްދަޅު ކޭސްތައް 10 މާރިޗް 2025 ވާ ހޯމަ ދުވަހުން ފެށިގެން 12 މާރިޗް 2025 ވާ ބުދަދުވަހުގެ ނިޔަލަށް އާބާދީ މަރުކަޒުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްދަޅުކޭސް ޙަވާލުކުރާނީ ޑޮމެސްޓިކް ކަރަންޓު މީޓަރު މެދުވެރިކޮށް ފެނަކަ ކޯރޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ދެއްވަމުން ގެންދަވާ ގޭބިސީތަކަށެވެ. މަސްދަޅުކޭސް ޙަވާލުވުމަށް އާބާދީ މަރުކަޒަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު އަދި ގޭބިސީގެ ކަރަންޓު މީޓަރު ނަންބަރު ގެންނަންވާނެއެވެ. މަސްދަޅުކޭސްތައް ދޫކުރަމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

ތާރީޚް

ދުވަސް

ގަޑި

10 މާރިޗް 2025

ހޯމަ

13:00 އިން 17:00 އަށް

11 މާރިޗް 2025

އަންގާރަ

10:00 އިން 14:00 އަށް

12 މާރިޗް 2025

ބުދަ

10:00 އިން 14:00 އަށް

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

10 ރަމަޟާން 1446 .ހ

10 މާރިޗު 2025