ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296/296/2015/40
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 18 އޮގަސްޓް 2015 15:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:  ޕްލޭނިންގ އޮފިސަރ
މަޤާމްގެ ގިންތި:  ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އިދާރާ: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް، ޝޯސަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

މުސާރަ: -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް: -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެކި އެކި މަޝްރޫޢުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. އަބާދީއަށް އަންނަ އުނިއިތުރު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
  3. ބިމާއި ގޯތިގެދޮރުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  4. ރަށުގައި ކުރެވޭ އިޤްތިޞާދީ އެންމެހައި މަސައްކަތުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.
  5. ޤުދުރަތީގޮތުން މީސްމީހުންނަށް ލިބޭ ގެއްލުމުގެ މަޢުލޫތު ލިޔެ ބެލެހެއްޓުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. އޮފީހަށް ހޯދަންޖެހޭ މުދާ، ޤަވާއިދާ އެއްގޮތަށް ހޯދުމާއި، އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.
  7. ރައްޔިތުންގެ މުދަލުގެ ހިސާބު ބެލެހެއްޓުން.
  8. ހުކުރުނަމާދާއި، ކޭތަ ނަމާދާއި، ޢީދު ނަމާދު ކުރުމާބެހޭ އިދާރީ އެންމެހައި މަސައްކަތްތަކާއި، ކަށުކަމާކެމީގެ އެންމެހައި ކަންކަމާ ގުޅޭ އިދާރީ މަސައްކަތް ކުރުން.
  9. ފާހަގަކުރާ މުނާސަބަތާ ގުޅިގެން ހިންގާ ހަރާކަތް ރޭވުގައި އެހީތެވުމާއި، އެފަދަ ހަރަކާތްތައް ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  10. ރަށުގައި އުޅޭ ބިދޭސިންނާބެހޭ މަޢުލޫމާތު ލިޔެ ބެލެހެއްޓުން. 

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3.00 ގެ ކުރީން، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރަހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6560017 އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކު)
  3. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާ އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިޑެޓްކޮށްފައިވާ ސެޓިފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓިފިކެޓް ވަކިފެންވަރެއްގައި އެކްރިޑެޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  6. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހާއި 2015 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހާ ދެމެދު ތާރީޚެއްގައި، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފާރަތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނުނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ ފޮއްދޫ ކައުންސިލް އިދާރާގެ 6560016 ނަންބަރު ފޯނަށް ނުވަތަ 7558935 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6560017 އެވެ. އީމެއިލް  ކުރާނީ [email protected]  އަށެވެ.

   މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޝައްޥާލް 1436

04 އޮގަސްޓް 2015