ދިވެހިރާއްޖެ
ނަމްބަރ: (IUL)MRH-MNT/MRH/2025/14
އިޢުލާން
މިހޮސްޕިޓަލުންކަނޑައަޅާ ސަރަހައްދުތަކެއް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
މިހޮސްޕިޓަލުން ކަނޑައަޅާ ސަރަޙައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)MRH-MNT/MRH/2025/06 (2 ފެބުރުއަރީ 2025) އިޢުލާންގެ މައުލޫމާތު ކަރުދާހުގެ ބައެއް މާއްދާތަކަށް ބަދަލުއައިސްފައިވުމާއިގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުރުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މުލީ ރީޖަނަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ރަޖިސްޓްރީކުރުން ކުރިއަށްދާނީ 9 މާރިޗް 2025 އިން 13 މާރިޗް 2025 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭސަން ސީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ރެޖިސްޓްރޭސަން ފޯމް ހުށަހަޅުއްވައިގެންނެވެ.ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. މިއުޢުލާނާއި ގުޅޭމައުލޫމާތުސީޓާއި އެހެނިހެން ޑޮކިއުމަންޓްސްތައް ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6720685 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 18 މާރިޗް 2025 ވަނަދުވަހު 10:00ގައި މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައި
09 މާރިޗް 2025