ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2015/179
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 18:20
ސުންގަޑި: 19 އޮގަސްޓް 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީ ޑީ ސީ އިންފްލުއެންޒާ ގްރާންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

1 އަހަރު

ނޯޓް: މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް 3 އަހަރު ދުވަހަށް އިތުރުކުރެވޭނެއެވެ.

މުސާރަ

-/10,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލް ޕްރޮގްރާމްސް 

ތަޢުލީމާއި ތަޖުރިބާ

  1. ޕްރައިމެރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. އޭލެވެލް 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.
  3. ފަރިތަކޮށް ތާނަ ޓައިޕްކުރަން ދަތުމާއެކު، މައިކްރޮސޮފްޓް އޮފީސް ޕްރޮގްރާމްސް ރަނގަޅަށް ބޭނުންކުރަން ދަތުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މިނިސްޓްރީއާއި މިނިސްޓްރީ ދަށުގަައިވާ އެހެނިހެން ޑިޕާޓްމަންޓްތަކާއި އަދި ގުޅުންހުރި  އެހެނިހެން ފަރާތްތަކާއެކު ބޭއްވޭ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

2. މާލެއާއި އަދި އަތޮޅުތަކުގައި ބޭއްވޭ ވާރކްޝޮޕްތައް/ޓްރޭނިންގތައް ހިންގުމުގެ  އިންތިޒާމު ހަމަޖެއްސުން.

3. ޕްރޮޖެކްޓްގެ ޕެޓީކޭޝް ބެލެހެއްޓުން.

4. ޕްރޮޖެކްޓްގެ ލިޔެކިޔުންތައް ބަލަހައްޓާ ފައިލްކުރުން.

5. މިނިސްޓްރީއާ ގުޅުންހުރި އިދާރާތަކަށާއި އަދި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ފަހުކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގގައި) ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014325 އެވެ.

05 އޮގަސްޓް 2015