މަސައްކަތް
ނަންބަރު: PRC-MPL/IUL/2025/23
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 20 މާރިޗު 2025 11:15
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓް އޮފީސް މައި އިމާރާތުގެ 2، 3 އަދި 5 ވަނަ ފްލޯގެ ޑައިކިން އޭސީ ސިސްޓަމް ބަދަލުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                                          

  1. 1.      ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު: 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މައި އޮފީހުގެ 3،2، އަދި 5 ވަނަ ފުލޯގައި މިހާރުހުރި ޑައިކިން VRV III  އިންވަރޓަރ އެއަރކޮން ސިސްޓަމުގެ އައުޓްޑޯ ޔުނިޓްތަކާއި، މި އައުޓްޑޯ ތަކާއި ގުޅިފައިވާ އިންޑޯ ޔުނިޓްތައްނެގުމަށްފަހު، ޑައިކިން VRV A or X އިންވަރޓަރ އެންމެފަހުގެ، އެއަރކޮން ސިސްޓަމް އިންސްޓޯލްކޮށް ރަނިންގ ކޮންޑިޝަނަށް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރުވުނު އިއުލާން ނަންބަރު: PRC-MPL/IUL/2025/12 (12 ފެބްރުވަރީ 2025)ގެ އިއުލާނާއިގުޅިގެން އެކަށީގެންވާވަރަށްވުރެ މަދުން ބީލަން ހުށަހަޅާފައިވާތީވެ، މިދެންނެވި އިއުލާން ބާތިލްކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

13 މާރިޗު 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި

10:15

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

20 މާރިޗު 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި

11:15

 

2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މައުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް

[email protected]

09 މާރިޗު 2025