ދިވެހިރާއްޖެ
މިކައުންސިލުން އިންތިޒާމްކޮށްގެން ޤުރުއާން މުބާރާތެއް މިއަހަރުގެ ޖުލައި މަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މަޤުޞަދަކީ ރަށުގައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ރީތިކޮށް ޤުރުއާން ކިޔަވާ ފަރާތްތައް އިތުރުކުރުމާއި ، އަތޮޅު ޤުރުއާންމުބާރާތުގައި މިރަށް ތަމްސީލް ކުރާނެ ބައިވެރިން ހޮވުމެވެ.
މިމުބާރާތުގައި ބައިވެރިވެވޭނީ މިރަށުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ، މިރަށުގެ ރަޖިސްޓްރީގައިވާ ކުދިންނާއި ،ޢާންމު ފަރާތްތަކަށެވެ.
މުބާރާތުގެ މުޤައްރަރާއި ، މުބާރާތް ކުރިޔަށްގެންދާނެ ޢާންމުއުޞޫލްތައް ބިނާވެފައިވާނީ ޤައުމީ މުބާރާތާއި އަތޮޅުމުބާރާތުގެ މުޤައްރަރާއި ، އުޞޫލްތަކުގެ މައްޗަށެވެ. މިގޮތުން މުބާރާތް ހިންގާ ޤަވާއިދު އެކުލަވާލާ ފަހުގެ ތާރީޚެއްގައި ޢާންމުކުރެވޭނެވެ.
ވީމާ ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނާއި ޢާންމު ފަރާތްތަކަށް މުބާރާތައް ދުރާލާ ތައްޔާރުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އަންގާ އިޢުލާން ކުރީމެވެ. އަދި މުބާރާތުގެ ޢުމުރުފުރާތަކާއި ، މުޤައްރަރު އެނގޭނެ ލިޔުމެއް މިއިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ. ބޮޑަތި މީހުންގެ މުޤައްރަރަކީ ކީސްޓޭޖް 5 ގެ މުޤައްރަރެވެ.
މުބާރާތާގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ކައުންސިލަރ ރިޒުވާނާ އަބޫބަކުރު ( ފޯން 7799581 ) އަދި ސީނިއަރ ކައުންސިލް އޮފިސަރ އަޙުމަދު ނިޔާޒް ( ފޯން 7991054 ) އާއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.