ކުއްޔަށް ދިނުން
ނަންބަރު: (IUL)318-PRO/318/2015/59
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 17 އޮގަސްޓް 2015 15:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ހާބަރުގެ ހުޅަނގު ބިމުގައި ވިޔަފާރި ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލާ ފުރުޞަތު

ބ. ދަރަވަންދޫ ބަނދަރުގެ ހުޅަނގުގައިވާ ހުސްބިމުން 20 ފޫޓު ފުޅާ އަދި 30 ފޫޓު ދިގު، ޖުމުލަ: 600 (ހަސަތޭކަ) އަކަފޫޓުގެ 5 ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް 2015 އެޕްރީލް 6 ވަނަ ދުވަހު ހުޅުވާލި ފުރުޞަތަށް އިޖާބަދެއްވައި ޕްރޮޕޯސަލް ހުށަހެޅުއްވިފަރާތްތަކުގެ %90 ޕްރޮޕޯސަލްގައި އިވެލުއޭޓް ކުރެވޭވަރަށް ލިޔުންތައް ހަމަނުވާތީ އެ އިޢުލާނު ބާތިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރައްވާ ސިޓީ ހުށަހެޅޭނެ ތާރީޚަކީ 2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުން ފެށިގެން 2015 އޯގަސްޓް 17 ވާ ހޯމަ ދުވަހުގެ 15:00 އަށެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑު ހުށަހެޅުއްވުމަށް ކައުންސިލުގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

 މަޢުލޫމާތު ސާފުކުރެއްވުން

ބިޑު ހުށަހެޅުއްވުން

2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ 11:00

2015 އޮގަސްޓު 25 ވާ އަންގާރަ ދުވަހުގެ 14:00

އެއްވެސް ހުށަހެޅުމެއް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ލިބިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ފުރިހަމަ ނުވާ ހުށަހެޅުންތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު: 6600002 ފޯނަށް ގުޅުއްވައި ނުވަތަ އީމެއިލް، [email protected]  ކުރެއްވުން އެދެމެވެ.

09 އޮގަސްޓް 2015