ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/48
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 12 އޮގަސްޓް 2015 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް ކައުންސެލް

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ލީގަލް ކައުންސެލް

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރުއިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ކޮމްޕެނީ ލީގަލް އެފެއާޒް.

ޝަރުޠު: އެލްއެލް އެމް ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު ޕްރޮފެޝަނަލް ލީގަލް ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެލްއެލްބީ ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު ޕްރޮފެޝަނަލް ލީގަލް ދާއިރާގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް: ދެފަރާތް އެއްބަސްވާ ގޮތަށް.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކޯޓުން ނިންމަންޖެހޭ މައްސަލަތައް މެނޭޖްކުރުމާއި ކޮންޑަކްޓް ކުރުމުގެ ޤާބިލުކަން ހުރުން.
  • މިނިވަންކަމާއެކު، މެނޭޖްމަންޓަށް ޤާނޫނީ ލަފާއެރުވުމުގެ ޤާބިލުކަން ލިބިފައިވުން.
  • ކުންފުންޏަށް ބޭނުންވާ މުހިއްމު އެއްބަސްވުންތަކާއި ލިޔެކިއުންތައް، ކުންފުންޏަށް ފައިދާހުރި އަދި ގެއްލުން ކުޑަވާގޮތަށް ތައްޔާރުކުރުމުގެ ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވުން.
  • ކޮމާޝަލް އެއްބަސްވުންތައް ހެދުމުގެ ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވާ ފަރާތަކަށްވުން. އަދި ޚާއްޞަކޮށް އެއްބަސްވުންތަކުގައި ނެގޯޝިއޭޓްކުރުމާއި އަދި އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.
  • ސެންސިޓިވް މައްސަލަތައް ނިންމުމުގައި ހިކުމަތްތެރިކަމާއި ޤާބިލުކަމާއެކު ނިންމުން.
  • ލޭބަރ ލޯއާއި ކޯޕަރޭޓް ލޯ އަދި ކޮންޓްރެކްޓް ލޯއާބެހޭ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  • ފަރިތަކަމާއެކު އިނގިރޭސި އަދި ދިވެހި ބަހުން މުޢާމަލާތުކުރުމާއި ލިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ކުރިމަތިލުމުގެ ސުންގަޑި: 12 އޮގަސްޓު 2015 ގެ 14:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015