ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2015/73
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 19 އޮގަސްޓް 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

މަޤާމު: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު -/5,700 ރުފިޔާ

ފެންވަރު/ޝަރުޠު:

ގްރޭޑް ހަތެއްގެ ފެންވަރު ހުރުން.

މައިގަނޑު މަސައްކަތްތައް:

އޮފީހުގެ އިމާރާތުގެ ތަކެތި ބެލެހެއްޓުމާއި އެތަކެއްޗަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަންތައް އަމިއްލައަށް ހައްލުކުރުމާއި، އަމިއްލައަށް ހައްލު ނުކުރެވޭނެ މައްސަލަތައް ކޮންޓްރެކްޓަރުން ލައްވާ ހައްލުކުރުމާއި، އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 334 4000 (960)، ފެކްސް ނަންބަރު: 334 4004 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏21 ޝައްވާލް 1436

06 އޮގަސްޓް 2015