މަސައްކަތް
ނަންބަރު: (IUL)492-PS /492/2025/10
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 17 މާރިޗު 2025 11:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި 3 ކޮޓަރި އަދި ގުދަނެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

   މި މިނިސްޓްރީން ހިންގަމުންދާ ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ހުރި ގުދަނެއް މަރާމާތުކޮށް، 3 ކޮޓަރީގައި ހުރި ތަކެތި ގުދަނަށް ބަދަލުކޮށް، 3 ކޮޓަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

11 މާރިޗު 2025 ވާ އަންގާރަ ދުވަހު 11:00 އަށް

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ، ހދ. ހަނިމާދޫ

އަންދާސީ ހިސާބު ހުށަހެޅުން

17 މާރިޗު 2025 ވާ ހޯމަ ދުވަހު 11:00 އަށް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)، އަދި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

 

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

06 މާރިޗު 2025