ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2025/22
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 11:08
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ގްރޭޓަރ މޭލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

އިޢުލާން

ގްރޭޓަރ މޭލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް އެން.ސީ.އައި.ޓީ ގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަޙައްދުގައި ގާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމަށް 2025 މާރޗް 09 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު ، (ހުކުރުދުވަސް ފިޔަވައި) ހެނދުނު 09:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމުގައި މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އަދި ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި 2025 މާރޗް 06 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު ، (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 21:30 އިން 00:30 އަށް ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމުގައި މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

‏06‏ ރަމަޟާން‏ 1446

‏06‏ މާރޗް‏ 2025

06 މާރިޗު 2025