ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2015/89
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 19 އޮގަސްޓް 2015 12:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

ސީނިއަރ މޮނިޓަރިންގ އޮފިސަރ

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

MS 3

ސަރވިސް

ޓެކްނިކަލް ސަރވިސް

ސެކްޝަން/ޑިޕާޓްމަންޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 11,497/25 ރުފިޔާ ލިބޭނެއެވެ.
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢުލީމާއި ތަޖުރިބާ

ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • މިނިސްޓަރ އޮފް ސްޓޭޓް އަދި ޕާރމަނަންޓް ސެކްރެޓްރީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި އަދި އެބޭފުޅުންގެ ބައްދަލުވުންތައް ޔައުމިއްޔާކުރުމުގެ އިތުރުން މިނިސްޓްރީގެ މައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • އެޑްމިނިސްޓްރޭޝަން ޔުނިޓްގެ އިދާރީ މުވައްޒަފުންގެ މަސައްކަތާއި ރިސެޕްޝަނުން ދެވޭ ޚިދުމަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްއިން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކާއި އިޖުތިމާޢީ ހަރަކާތްތަކުގެ ކަންކަން ވިލަރެސްކުރުމާއި އެމް.އެން.ޑީ.އެފް އަދި މިނިސްޓްރީން ރާވައި، މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ކަންކަން ހިންގާ ބެލެހެއްޓުން. 

މަޤާމު

ލީގަލް އޮފިސަރ

ކްލެސިފިކޭޝަން

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ރޭންކް

CS 9-2

ސަރވިސް

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ސެކްޝަން/ޑިޕާޓްމަންޓް

ލީގަލް އެންޑް މޮނިޓަރިންގ

މުސާރަ

-/ 10,020ރުފިޔާ

ސަރވިސް އެލަވަންސް

-/3,600 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 17,127/00 ރުފިޔާ ލިބޭނެއެވެ.
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢުލީމާއި ތަޖުރިބާ

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • މިނިސްޓްރިގެ ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމާއި، މިނިސްޓްރިގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ލަފާދިނުމާއި، މީގެ އިތުރުންވެސް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން އެގްރީމެންޓްތަކާއި، އެމް.އޯ.ޔޫ ތައްޔާރުކުރުން.
  • މިނިސްޓްރީން އަމަލުކުރަމުންދާ ޤާނުނުތަކާއި ގަވާއިދުތަކުގެ ދަށުން ހިންގާ މަސައްކަތްތަކާއި ގުޅުންހުރި މައްސަލަތަކުގައި މީޑިއާގައާއި އާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކާގުޅޭގޮތުން ޖަވާބުދާރީވުން. 

މަޤާމު

ސީނިއަރ ހިއުމަންރިސޯސް އޮފިސަރ

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

MS 3

ސަރވިސް

ޓެކްނިކަލް ސަރވިސް

ސެކްޝަން

ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް  

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 11,497/25 ރުފިޔާ ލިބޭނެއެވެ.
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢުލީމާއި ތަޖުރިބާ

ތަޢުލީމީ ފެންވަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާގައި 6 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާގައި 4 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާގައި 2 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ހަމަޖެހިފައިވާ އުސޫލުން ރާވައި ހިންގުމާއި މިނިސްޓްރީގެ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަނެ އެކަންތައް ރާވައި ހިންގުން.
  • މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ސިވިލް މުވައްޒަފުންގެ ވަޒީފާދިނުމާއި ވަކިކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • މިނިސްޓްރީގެ އެޗް.އާރު ޕްރޮގްރާމް މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރެކޯޑްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުން. 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

GS 3

ސަރވިސް

ޖެނެރަލް ސަރވިސް

ސެކްޝަން/ޑިޕާޓްމަންޓް

މެއިންޓަނެންސް އެންޑް ލޮޖިސްޓިކްސް

މުސާރަ

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް

-/1,500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 7,527/75 ރުފިޔާ ލިބޭނެއެވެ.
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޖުރިބާ

  •  އައިޓީ/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އައިޓީ/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު،އޭގެ އިތުރުން ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • އެމް.އެން.ޑި.އެފްގެ ނަމުގައި ރަޖިސްޓަރީކުރަންޖެހޭ އުޅަނދުތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމާއި، ރަޖިސްޓަރީ ކެންސަލްކުރަންޖެހޭ އުޅަނދުތަކުގެ ކެންސަލް ރަޖިސްޓްރީ ހެދުން.
  •  މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ތަކެތި ދޫކުރުން.
  • މިނިސްޓްރީގެ ކޮމްޕިއުޓަރތަކުގެ ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން.
  • މިނިސްޓްރީއާއި އެމް.އެން.ޑީ.އެފްގެ މުވައްޒަފުންނަށް ހަދައިދެވޭ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްހެދުމުގެ މަސައްކަތާއި އެމުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • މިނިސްޓްރީގެ ކޮމްޕިއުޓަރތަކާއި، ޕްރިންޓަރތަކާއި، ޑޮމެއިން ކޮންޓްރޯލް ސަރވާއަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން.

މަޤާމު

އޮފީސް އެސިސްޓެންޓް

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް

SS 2

ސަރވިސް

ކޯޕަޜޭޓް ސަރވިސް

ސެކްޝަން

މެއިންޓަރނަންސް އެންޑް ލޮޖިސްޓިކްސް

މުސާރަ

-/3,470 ރުފިޔާ

ސަރވިސް އެލަވަންސް

-/1,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 5,684/50 ރުފިޔާ ލިބޭނެއެވެ.
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢުލީމާއި ތަޖުރިބާ

ތަޢުލީމީ ފެންވަރު:

  1. ފޮޅައި ސާފުކުރުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ލިޔަންކިޔަން ދަތުމާއެކު މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

މިނިސްޓްރީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ހަވާލުކުރުމުން، އެއެއްޗެއް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، މިނިސްޓްރީގެ ތަންތަން ފޮޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު)އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ އަދި މަސައްކަތުގެ އަޚްލާޤް
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  • ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 27 އޮގަސްޓު 2015 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. މީގެ އިތުރުން ލީގަލް އޮފިސަރ މަޤާމުގެ ވަޒީފާއަށް އެދޭ ފަރާތްތަކަށް ބާއްވާ ޕްރެކްޓިކަލްސް އާއި ޕްރެޒެންޓޭޝަންވެސް މިތާރީޚުން ފެށިގެން ކުރިއަށް ދާނެއެވެ.

ނޯޓް: މިވަޒީފާތަކަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

19 ޝައްވާލް 1436

04 އޮގަސްޓް 2015