ޢާންމު މަޢުލޫމާތު
ނަންބަރު: B3C-A/2025/9
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 14 މާރިޗު 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގައި ބޭނުންކުރާ ބައެއް ފޯމުތަކަށް ބަދަލު ގެނައުން

އިޢުލާން

 

ކައިވެންޏާއި ވަރިއާ ގުޅިގެން ހުށަހަޅާ ފޯމު ބަދަލުވުން

ކައިވެނި އަދި ވަރިއާ ގުޅިގެން މި ކޯޓުގައި ބޭނުންކުރަމުން ގެންދާ ތިރީގައި ދަންނަވާފައިވާ ފޯމުތަކަށް ވަނީ ބަދަލު ގެނެވި އިޞްލާޙުކޮށްފައެވެ.

1. ކައިވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (MC-01)

2. އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (MC-02)

3. ކައިވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމު (MC-03)

4. ވަލީ ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމު (MC-05)

5. ކައިވެނި / ވަރީގެ ސެޓްފިކެޓަށް އެދި ހުށަހަޅާ ފޯމު (MC-12)

6. ޢިއްދަ ހަމަކުރުމަށް އެދި ހުށަހަޅާ ފޯމު (MC-13)

ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ މަޢުލޫމާތު ފޯމުގައި ހިމެނިފައިވާނެއެވެ. އަލަށް ތަޢާރަފުކުރެވުނު ފޯމުތައް މި ކޯޓުގެ ވެބްސައިޓު: hanimaadhoo.courts.gov.mv-www.hdh އިންނާއި، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކުރީގައި ބޭނުންކުރެވެމުންދިޔަ ފޯމުތައް 2025 މާރޗް 15 ވަނަ ދުވަހުން ފެށިގެން، މި ކޯޓަށް ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ރަމަޟާން 1446

04 މާރިޗު 2025

04 މާރިޗު 2025