ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2015/113
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 20 އޮގަސްޓް 2015 14:30
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ އޮފީހުގެ އައު އޮނިގަނޑު ފާސްވުމާ ގުޅިގެން މިނިސްޓްރީން ކުރިން ކޮށްފައިވާ ނަންބަރު IUL)101-Af/1/2015/47) (މަޤާމު ނަންބަރު 252191) އާއި IUL)101-Af/1/2015/105) (މަޤާމު ނަންބަރު 226419، 206461، 251081) އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމުތަކަށް އިޢުލާން ކުރަމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

226419

މަޤާމުގެ ކްލެސިފިކޭޝަން

އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  • ޔުނިޓް ހެޑްގެ ލަފައާއި އިރުޝާދުގެ މަތިން މިނިސްޓްރީގެ މުވާސަލާތީ އިންފްރަސްޓްރަކްޗަރ ބެލެހެއްޓުން.
  • މިނިސްޓްރީގެ ލޯކަލް އޭރިއާ ނެޓްވޯކް ބޭނުންކޮށްގެން ކަނެކްޝަން ދޭންޖެހޭ ޕޮއިންޓްތަކަށް ކަނެކްޝަންދިނުމާއި، ޑޮކިއުމަންޓްކޮށް ބެލެހެއްޓުން
  • ފޯން އަދި ޕީއޭބީއެކްސް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް ކަނެކްޝަން ބޭނުންވާ މުވައްޒަފުންނަށް ކަނެކްޝަން ދިނުމާއި ބަދަލުތަށް ޑޮކިއުމަންޓްކޮށް ބެލެހެއްޓުން
  • މިނިސްޓްރީގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ސްކޭނަރތައް ޗެކްކުރުމާއި އަދި ދިމާވާ މައްސަލަތަކަށް ވަގުތުން އެޓެންޑްކުރުން. އަދި މިނިސްޓްރީގެ އެތެރޭގެ ވަސީލަތްތަކުން މަރާމާތު ނުކުރެވޭ ތަކެތި މާލިއްޔަތު ޤާނޫނާއި ޕްރޮކިއުމަންޓް އުސޫލާއި އެއްގޮތަށް، ހަދަން ފޮނުވައި އެތަކެތި މަސައްކަތް ކުރެވޭ ހާލަތަށް ގެނައުމާއި މިކަމާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީއަށް އަލަށް ވެއްދޭ މުވައްޒަފުންނަށް ބޭނުންވާ ޔޫޒަރ އެކައުންޓްތައް ހެދުން
  • އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  • އައިޓީ ހާޑްވެއަރ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އައިޓީ ހާޑްވެއަރ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

251081

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 1

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  • ޔުނިޓްހެޑްގެ އިރުޝާދާއި މާލިއްޔަތު ޤާނޫނާ އެއްގޮތަށް މިނިސްޓްރީން އަހަރަކު އެއްފަހަރު އާކުރާ އެގްރީމެންޓްތައް ތައްޔާރުކުރުމާއި ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ގެންދިއުން
  • މިނިސްޓްރީގެ އީމެއިލް ސިސްޓަމަކީ google އިން ފޯރުކޮށްދޭ ޚިދުމަތަކަށްވެފައި، މި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެފަރާތަށް ފައިސާދެއްކުމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި ފައިލްކޮށް ބެލެހެއްޓުން.
  • ޔުނިޓުގެ މަސައްކަތް ކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި، މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ މަތިން ހޯދުމާއި، ސަރވިސް ޕްރޮވައިޑަރުންނާއި ކުރަންޖެހޭ މުޢާމަލާތު ކުރުމާއި، ކޮންމެ މަސައްކަތަކަށް ތައްޔާރުކު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފައިލްކޮށް ބެލެހެއްޓުން.
  • ޓްރޭޑް އިންފޮރމޭޝަން ސިސްޓަމް "ބޮލި ސިސްޓަމް" ބަލަހައްޓާ އައިޓީ ކޮންސަލްޓަންޓުންނަށް އެހީތެރިވެދިނުމާއި އަދި ބެކްއަޕް ސަޕޯޓް ދިނުން
  • މިނިސްޓްރީއަށް އަލަށް ހޯދާ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ސްކޭނަރތައް އައިޓީ އިންވެންޓްރީ ޑޭޓާބޭސްގައި ރަޖިސްޓަރީކުރުމަށްފަހު، އތަކެތި ބޭނުންކުރާނެ ސްޓޭޝަންތަކުގައި، ބޭނުންކުރެވޭ ފެންވަރަށް އިންސްޓޯލްކުރުން.
  • މިނިސްޓްރީއިން ވަކިވާ މުވައްޒަފުންގެ އީމެއިލް އެޑްރެސްތައް ޑިއެކްޓިވޭޓް ކުރުމާއި، ބެކްއަޕް ނަގައި ރައްކާކުރުން.
  • އެހެން ޔުނިޓްތަކުން ހިންގާ ޕްރޮޖެކްޓެއްގައި އައިޓީ ކޮމްޕޯނެންޓެއް ހިމެނޭނަމަ، އެކަމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް (ޔުނިޓް ހެޑްގެ އިރުޝާދާއި އެއްގޮތަށް) ފޯރުކޮށްދިނުން. މީގެ ތެރޭގައި އައިޓީ ތަކެތި ހޯދަންޖެހޭނަމަ އޭގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • އައިޓީ ސިސްޓަމަށް ދިމާވާ ބޮޑެތިމައްސަލަތަކާއި ޚާއްޞަ މަސައްކަތްތަކުގައި ޓެކްނިކަލް ސަޕޯޓް ސްޓާފަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  • އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އައިޓީ ނެޓްވަރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  • އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމު

ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

206461

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރައާއި އިނާޔަތްތައް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން/ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް ބެލެހެއްޓުމާއި، މަސައްކަތް ރޭވުމާއި، މަސައްކަތުގެ އެސް.އޯ.ޕީ ތައްޔާރުކުރުން
  • އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މުވައްޒަފުންގެ ޖޮބް ޑިސްކްރިޕްޝަން ހެދުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން އިވެލުއޭޓްކޮށް ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ސަޕޯޓްދިނުން.
  • މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވެން.
  • މިނިސްޓްރީގެ ސަރވަރތަށް އިންސްޓޯލްކުރުމާއި، ކޮންފިގަރ ކުރުމާއި އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންފްރަސްޓްރަކްޗަރ ބެލެހެއްޓުމާއި، އަޕްގްރޭޑް ކުރުން. މިފަދަ ތަކެތި ހޯދުމަށް އެސެސްމެންޓް ހެދުމާއި، ބަޖެޓްކުރުމާއި ޕްރޮކިއުމަންޓް ޑޮކިއުމަންޓްތައްޔާރުކޮށް ތަކެތި ހޯދުމާއި އިންސްޓޯލްކުރުމާހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  • މިނިސްޓްރީގައި ބޭނުންކުރާ ވެބްސައިޓްތަކާއި، އީމެއިލް، ޖެމްސް، އެޗްއާރު އަދި ބޮލި ސިސްޓަމްގެ ޚިދުމަތްތަށް މެދުނުކެނޑި މިނިސްޓްރީގެ ނެޓްވޯކަށް ލިބޭތޯ ޔަގީންކުރުން.
  • މިނިސްޓްރީން ބޭނުން ކުރާ ބޮލި އިންފޮމޭޝަން ސިސްޓަމް ބަލަހައްޓާ އައިޓީ ކޮންސަލްޓަންޓުންނަށް އެހީތެރިވެދިނުމާއި އަދި ބެކްއަޕް ސަޕޯޓް ދިނުން
  • އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  • އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ނުވަތަ ސޮފްޓްވެއަރ އާއި ނެޓްވަރކް އެނަލިސްޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ނުވަތަ ސޮފްޓްވެއަރ އާއި ނެޓްވަރކް އެނަލިސްޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ނުވަތަ ސޮފްޓްވެއަރ އާއި ނެޓްވަރކް އެނަލިސްޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ނުވަތަ ސޮފްޓްވެއަރ އާއި ނެޓްވަރކް އެނަލިސްޓް  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ނުވަތަ ސޮފްޓްވެއަރ އާއި ނެޓްވަރކް އެނަލިސްޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ނުވަތަ
  • އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ނުވަތަ ސޮފްޓްވެއަރ އާއި ނެޓްވަރކް އެނަލިސްޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

04. މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

252191

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް 1

މުސާރައާއި އިނާޔަތްތައް

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން/ މިނިސްޓަރސް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިނިސްޓްރީ ކުނިކެހުމާއި ފޮޅާސާފުކުރުން.
  • މިނިސްޓްރީގެ ފާޚާނާތައް ސާފުކުރުން.
  • އެކިއެކި މީޓިންގ ތަކަށް ރެފްރެޝްމަންޓް ތައްޔާރުކުރުން
  • މިނިސްޓްރީގެ ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ސައިގެ ކަންތައްތަކުގައި ބޭނުންވާ އެހީތެރިކަން ދިނުން
  • މިނިސްޓްރީގެ ގުދަނަށް ގެންދަންޖެހޭ ތަކެތި ގުދަނަށް ގެންދިޔުމާއި ގެންނަންޖެހޭ ތަކެތި ގެނައުން.
  • މިނިސްޓްރީ އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، އެހެންނިހެން ތަކެތި ގެންގޮސް ޙަވާލު ކުރަންޖެހޭ ފަރާތްތަކާއި ޙަވާލު ކުރުން.
  • މިނިސްޓްރީއިން ވަގުތީގޮތުން ކަމެއް ޙަވާލުކޮށްފިނަމަ އެކަމެއްކުރުން.

 

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތަރީޚާއި ތަން

އިންޓަރވިއު ކުރުން:

  • މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.
  • މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފްތާ ތެރޭގައެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
  • އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 20 އޮގަސްޓް 2015 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ
  • އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

މީގެއިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

25 ޝައްވާލް 1436

10 އޮގަސްޓް 2015