މަސައްކަތް
ނަންބަރު: (IUL)BCC-PS/1/2025/15
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 13 މާރިޗު 2025 11:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ބޭނުންވާ ފޮޅާ ސާފުކުރުމާއި އަދި އެހެނިހެން ޙިދުމަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން.

މި ކޯޕަރޭޝަނަށް ބޭނުންވާ ފޮޅާ ސާފުކުރުމާއި އަދި އެހެނިހެން ޙިދުމަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 

ތަން

ދުވަސް

ތާރީޚް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ

ބުރާސްފަތި

13 މާރިޗު 2025

11:00

 

ބީލަން ތައްޔާރުކުރައްވަން ވާނީ، އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުގައި އެންމެ ކުދި، ކުދި އަދި މެދު ގިންތީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

05 މާރިޗު 2025