މަޤާމު
|
ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އީ. އެކްސް. 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމް ނަންބަރު
|
256378
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން
|
އާންމު ޚިދުމަތްތަކާބެހޭ ބައި/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
- އަސާސީ މުސާރަ: -/8835ރ
- ސަރވިސް އެލަވަންސް: -/2000ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މާލޭގެ މަގުތަކާ، ހުސް ބިންތައް ކޮންމެ ދުވަހަކުވެސް ކުނި ކަހައި، ކުނި ނަގައި ސާފުކުރުމުގެ މަސައްކަތްތައް އިންތިޒާމް ކުރުން.
- މާލޭގެ މަގުތަކާ، ހުސްބިންތައް ކޮންމެ ދުވަހަކުވެސް ކުނި ކަހައި، ކުނި ނަގައި ސާފުކުރުމުގެ މަސައްކަތްތައް ސްޕަވައިޒަރުން މެދުވެރިކޮށް ބެލެހެއްޓުން. އަދި އެމަސައްކަތްތައް ތަރުތީބުކޮށް ކުރިއަށް ދާނެގޮތުގެ ތާވަލެއް އެކުލަވައިލައި ބެލެހެއްޓުން.
- މާލޭގެ މަގުތަކުގައި ދިއްލާފައި ހުންނަ ބައްތިތަކުގެ ތެރެއިން ނުދިއްލޭ ބައްތީގެ މަޢުލޫމާތު އެއްކުރެވޭނެ ނިޒާމެއް ޤާއިމުކޮށް މަގުތަކާ، ހުސްބިންތައް އަލިކޮށް ބޭއްވުމުގެ މަސައްކަތް ކުރުން، އަދި އަލަށް ބައްތި ޖަހަންޖެހޭ ތަންތަނާއި، މަގުގައި ބައްތި ޖެހުމުގެ އިންތިޒާމް ހަމަޖެއްސުން.
- މާލޭގެ މަގުތަކުގެ ކާނުތަކާއި، ކާނުމަތި އަޅައި ބެލެހެއްޓުމާއި، މަގުތައް ހަދައި މަރާމާތު ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޙަވާލުކުރާ މިނިސްޓްރީއާއި ގުޅުންހުރި މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ލީޑަރޝިޕް ހުނަރު.
- މާލިއްޔަތު ގާނޫނާއި ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރިވެފައިވުން.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު އަދި ޕްރެޒެންޓޭޝަން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ސެޕްޓެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
21 ޝައްވާލް 1436
|