ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބަދިގެ "އިކުއިޕްމަންޓް" މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހިންގަމުންގެންދާ ލައުންޖްތަކާއި ކެފެޓީރާއާތަކުގެ ބަދިގޭގައި ބޭނުންކުރަމުންގެންދާ "އިކުއިޕްމަންޓް"ތައް (އަވަން، އައިސްއަލަމާރި، ކޫލަރު، ކުރާ، ޓޯސްޓަރު، ފްރީޒަރު، ޑިޝްވޮޝަރ، އުނދުން، ޗިލާރ ފަދަ ތަކެތި) މަރާމާތުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، މި"އިކުއިޕްމަންޓް"ތައް ކޮންމެ މަހަކު ސާރވިސްކޮށްދީ މައްސަލައެއް ޖެހިއްޖެނަމަ މަރާމާތުކޮށްދިނުން ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މާރިޗު 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް" އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އެޕްރީލް 8 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 އެޕްރީލް8 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3026431/3337430/3337266/3037236/3337279 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.