| މަޤާމު: |   އިމާމުން/މުދިމުން(ފިރިހެން) މަސައްކަތު މީހުން   | 
| ބޭނުންވާ އަދަދު: |   އިމާމުން/މުދިމުން (ފިރިހެން) 3 (ތިނެއް) މަސައްކަތު މީހުން 4 (ހަތަރެއް)   | 
| މަޤާމުގެ ގިންތި: | ވަގުތީ | 
| މުއްދަތު | 01 އަހަރު | 
| ވަޒީފާ އަދާކުރަންޖެހޭ ތަން | ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ / ދ.މީދޫ | 
| މަޤާމް | ރޭންކް | އުޖޫރަ | ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު | 
| އިމާމް | ޖީ.އެސް 3 | 61.00  ރުފިޔާ | 05 ގަޑިއިރު | 
| މުދިމު (އިމާމުކަމުގެ ޝަރުތު ހަމަނުވާ ނަމަ) | ޖީ.އެސް 1 | 53.00  ރުފިޔާ | 05 ގަޑިއިރު | 
| މަސައްކަތު | އެސް.އެސް 1 | 36.00  ރުފިޔާ | 05 ގަޑިއިރު | 
| އިމާމުން/މުދިމުންގެ (ފިރިހެން) މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ހަވާލުވެހުރި މިސްކިތުގައި ފަސްވަގުތު ބަންގި ގޮވައި، އިމާމުވެ ފަސްވަގުތު ފަރުޟު ފަސް ނަމާދުކުރުން.މަސައްކަތު މީހުންގެ ގޮތުގައި މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓުގެ ދަށުން މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން.މިސްކިތުގެ ސައުންޑް ސިސްޓަމް ރައްކާތެރިކަމާއެކު ބެލެހެއްޓުންމިސްކިތުގެ ކަރަންޓަށާއި، ސައުންޑް ސިސްޓަމަށް މައްސަލައެއް ދިމާވޭތޯ ޤަވާޢިދުން ބަލައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން މުވައްޒަފު ރިޕޯޓްކުރާ އިދާރާގެ ކަމާބެހޭ ސެކްޝަނަށް އަންގައިގެން ހައްލުކުރުމުގެ މަސައްކަތް ކުރުން.ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު، ކަށުނަމާދު އަދި ތަރާވީޙް ނަމާދު އިމާމުވެ ކުރަންޖެހޭ ޙާލަތުގައި އެ ނަމާދުތައް ކުރުން.މިސްކިތުގައި ދީނީ ދަރުސް ދިނުން ފަދަ ދީނީ ޕްރޮގްރާމުތަކަށް ބޭނުންވާ އެހީތެރިކަންދިނުން.މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ޗެކްކުރުމާއި މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯ ބަލައި، އެ ކަން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުންމިސްކިތާއި މިސްކިތުގެ ގޯތި ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ނުވަތަ ކައުންސިލުގެ ހުއްދަ ނެތި އެއްވެސް ލިޔުމެއް ހަރު ކުރެވިފައިވޭތޯ ބަލައި، ހުރި ނަމަ އެ ކަން މުވައްޒަފު ރިޕޯޓް ކުރަންޖެހޭ އިދާރާގެ ކަމާގުޅޭ ސެކްޝަނަށް އެ ކަން އެންގުން.މިސްކިތާއި މިސްކިތުގެ ގޯތި ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފާސްކޮށްފައި ނުވާ އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރި ނަމަ އެކަން މުވައްޒަފު ރިޕޯޓް ކުރަންޖެހޭ އިދާރާގެ ކަމާގުޅޭ ސެކްޝަނަށް އެކަން އެންގުން.ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސުޕަވައިޒަރަށް ނުވަތަ ރިޕޯޓުކުރަންޖެހޭ އިދާރާގެ ކަމާގުޅޭ ސެކްޝަނަށް ރިޕޯޓްކުރަންޖެހޭ ކަންކަން ޤަވާޢިދުން އަންގަމުންދިޔުން.   | 
| މަސައްކަތު މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑު، ފޮތް ހަރުގަނޑު، ފަންކާ، ހޮޅިބުރި، އޭސީ ފަދަ ތަކެތި ފޮޅައި ސާފުކުރުން.މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން.މިސްކިތު ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން.މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގުރާމްތައް ބާއްވާނަމަ އެ ފަދަ ޕްރޮގުރާމްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން.މިސްކިތުގައި ކުރާ މަރާމާތުތަކަށް އެހީތެރިވެދިނުން.މިސްކިތުގައި ކުރަންޖެހިފައިވާ މަރާމާތުކުރުމުގެ މަސައްކަތްތައް އިމާމުގެ އަދި ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުން.ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން.ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން.މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.މިސްކިތް ސާފުކޮށް ނެގޭ ކުނި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން އުކާލުން.މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގައުތަކުގައި ފެހިޖެހިޔަ ނުދީ ގައުތައް ދޮވެ ސާފުކުރުން.މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން.ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި، ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި، ދޮރުތައް ލެއްޕުން.މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ، ފެންދީ، ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތައް ރީތިކޮށް ކޮށައި، ސާފުކޮށް ބެލެހެއްޓުން. | 
| މަޤާމުގެ ޝަރުޠު:       | އިމާމް: މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށްދިނުމާއެކު، -          މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ -          ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ -          ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މުދިމު: -          ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ -          މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހަކަށްވުމާއެކު، ޤުރުއާން ރީއްޗަށް ކިޔަންއެގުން ،ބަންގި ގޮވުމާއި ޤަމަތް ދިނުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން އަދި ހުރިހާ ނަމާދު ވަގުތަކަށް ޙާޟިރުވެވޭ ، ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން. މަސައްކަތު: -          ލިޔަންކިޔަން އެގުން.     ނޯޓް:  ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: 
ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.        ނުވަތަ، 
ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.        ނުވަތަ، 
ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. | 
| ހުށައަޅަންޖެހޭ ލިޔުންތައް:   |   
މިސްކިތު ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް.ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު މުއްދަތު ހަމަވެފައިވާނަމަ / ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓްގެ ސާފު ކޮޕީއެއްލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީމަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ | 
| މަޤާމަށް އެދެންވީގޮތާއި ސުންގަނޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މާރޗް 2025 ގެ 11:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރި މީދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 މާރޗް 2025 އާއި 20 މާރޗް 2025 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރި މީދޫ ކައުންސިލްގެ އިދާރާ ގައެވެ.   | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760042 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.   |