ތަމްރީނު
ނަންބަރު: (IUL)166-Schol/166/2015/98
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 13:57
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހަޔަރ އެޑިއުކޭޝަންގެ ލޯން ސްކީމާ ގުޅޭ

އިޢުލާން

ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމްގެ ދަށުން ކިޔަވަންދާން ހުށަހަޅާ ފަރާތްތަކާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ލޯން އެހީގެ ފައިސާ ހަމަޖެއްސުމަށްޓަކައި މިޑިޕާޓްމަންޓަށް ހުށަހަޅާ ލިޔެކިޔުންތަށް ކަމަށްވާ، ޕްލޭސްމަންޓް ލެޓަރ، ދަރިވަރުން ޔުނިވަރސިޓީ/ކޮލެޖްގައި ކިޔަވަމުންދާ ކަމުގެ ލިޔުން ނުވަތަ ދަރިވަރު ކިޔަވަމުންދާ ސެމިސްޓަރގެ ނަތީޖާ، 1 ސެޕްޓެންބަރު 2015 އިން ފެށިގެން މި ޑިޕާޓްމަންޓަށް ހުށަހަޅަން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީ ނުވަތަ ކޮލެޖަކުން ސީދާ މި ޑިޕާޓްމަންޓްގެ ތިރީގައިވާ އީމެއިލް އެޑްރެސްތަކަށެވެ. މި ޑިޕާޓްމަންޓަށް ހުށަހަޅާ އީމެއިލްގައި އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި، މަޤާމު އޮންނަންވާނެއެވެ.

admin@dhe.gov.mv

[email protected]

1 ސެޕްޓެންބަރު 2015ގެ ފަހުން ލޯންގެ ފައިސާ ހަމަޖައްސައިދެވޭނީ ދެންނެވިފައިވާ ގޮތުގެމަތިން މިޑިޕާޓްމަންޓަށް ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

18 ރަމަޟާން 1436

03 އޮގަސްޓް 2015