ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2015/94
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 12:36
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓެކްސީ ކުރުމުގެ ގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން
އިޢުލާނު
މިހާރަކަށް އައިސް ޓެކްސީ ދުއްވާ ފަރާތްތަކުން ފަސިންޖަރުން ގޮވައިގެންކުރާ ދަތުރުގެތެރޭގައި ޓެކްސީގައި ދަތުރުކުރާ ފަސިންޖަރުންގެ އިޒުނައަކާނުލައި މަޑުކޮށް މަގުމަތީން އިތުރު ފަސިންޖަރުން ޓެކްސީއަށް އަރުވައި ދަތުރު ކުރަމުންދާކަމުގެ ޝަކުވާތައް ދަނީ މިއޮތޯރިޓީއަށް ލިބެމުންނެވެ. މިކަމަކީ ޓެކްސީ ކުރުމުގެ ގަވާއިދުގެ 16ވަނަ މާއްދާގެ(އ) އާ ޚިލާފު އަމަލެއް ކަމުގައިވެސް ދެންނެވީމެވެ.
ވީމާ، މިއޮތޯރިޓީއަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލައި ޓެކްސީ ކުރުމުގެ ގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
21 ޝައްވާލް 1436
06 އޮގަސްޓް 2015