ޢާންމު މަޢުލޫމާތު
ނަންބަރު: 113-ITD/I-2015/ 86
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 12:04
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ބޯޓުފަހަރުގެ ލިޔެކިޔުންތައް ހުށަހެޅުމުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

އިޢުލާނު

މިކުންފުންޏަށް ހުށަހެޅޭ ބޯޓުފަހަރުގެ ލިޔެކިޔުންތަކާގުޅޭ މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން، 2015 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ލިޔެކިޔުންތައް ބަލައިގަތުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލުކުރުމަށް ކުރެވުނު ނަންބަރު 114ITD/I-2015/64 ( ތާރީޚު: 27 މެއި 2015) ގެ އިޢުލާނާ ގުޅިގެން ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކުރުމަށް އެދިފައިވާތީ، 2015 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން ލިޔެކިޔުންތައް ބަލައިގަތުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ބޯޓުފަހަރުގެ ލިޔެކިޔުންތައް ހުށަހެޅުމުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

އަދި 2015 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ކުރިން މުދާ ކޮންސައިން ކުރެވޭ ފަރާތަކުން މިކުންފުނީގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރާ ފޯމު http://reg.port.com.mv/ އެޑްރެސް އިން އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެގޮތް ވާނީ ހަމަޖެހިފައެވެ.

ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ ގޮތް

ބިލް އޮފް ލޭންޑިންގ / މެނިފެސްޓް

  • މުދާ ކޮންސައިން ކުރެވޭ ފަރާތުގެ ރަޖިސްޓްރޭޝަން ނަންބަރު (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު) ބީ.އެލްގައި ހިމެނުން.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑު، ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ ޕާސްޕޯޓް ނަންބަރު ހިމެނުން.
  • ފިހާރައެއްނަމަ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ނަންބަރު
  • ކުންފުނީގެ ދަށުން ހެދިފައިވާ ވިޔަފާރި/ފިހާރަ އެއްނަމަ އެ ވިޔަފާރިއެއްގެ ނުވަތަ ފިހާރައެއްގެ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ނަންބަރު
10 އޮގަސްޓް 2015