ބީލަން
                	
                ނަންބަރު: (IUL)426-AA/426/2025/175
                    ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
                    ޕަބްލިޝްކުރި ގަޑި:  12:04
                                            ސުންގަޑި: 
                            10 މާރިޗު 2025 14:00
                        
                    
                އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - މި އިދާރާ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުޅުދޫގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)426-AA/426/2025/60 އިއުލާނަށް އެއްވެސް ފަރާތަކުން ބިލަން ހުށަހަޅާފައިނުވާތީ، އަލުން މި ފުރުސަތު ހުޅުވާލުން
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި އިދާރާ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުޅުދޫގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)426-AA/426/2025/60 އިއުލާނަށް އެއްވެސް ފަރާތަކުން ބިލަން ހުށަހަޅާފައިނުވާތީ، އަލުން މި ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
 - މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މާރިޗު 05 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2025 މާރިޗު 10 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
 - ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 މާރިޗު 05 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2025 މާރިޗު 11 ވާ އަންގާރަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2025 މާރިޗު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
 - މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 2025 މާރިޗު 11 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
 - މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 5،050.00ރ (ފަސްހާސް ފަންސާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
 - ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 2025 މާރިޗު 20 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
 - މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
އީމެއިލް: [email protected]
04 ރަމަޝާން 1446
04 މާރިޗު 2025
                04 މާރިޗު 2025