މަސައްކަތް
ނަންބަރު: F/2025/03
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 08 މާރިޗު 2025 12:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި މިހާރު ކްރިމިނަލް ކޯޓުގެ މަސައްކަތް ހިނގަމުންދާ ޢިމާރާތުގެ ތެރެއަށް ފެނުގެ އަސަރުކޮށް ގެއްލުން ލިބިފައިވާތީ، ފުރާޅާއި ސީލިންގ މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ހުޅުމާލޭގައި މިހާރު ކުރިމިނަލް ކޯޓު ހިނގަމުންދާ، ސިވިލް ޑިވިޝަން ޢިމާރާތުގެ ކޯޓުރޫމާއި، ސަވަރރޫމްގެ ސީލިންގ ރަނގަޅު ކުރުމާއި، ޢިމާރާތުގެ މެދައްދަވާގޮތައްއޮތް ދިޔަދޮވީގައި އިތުރު 02 ފެންބާލާ ހޮޅި ހަރުކުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މި  އިއުލާނުގައި އެޓޭޗްކުރެވިފައިވާނެއެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 06 މާރިޗު 2025 ވަނަ ދުވަހުގެ މެންދުރު 1:15 ގައި ހުޅުމާލޭ، ކުރިމިނަލް ކޯޓު ހިނގަމުންދާ، ސިވިލް ޑިވިޝަން ޢިމާރާތުގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

 މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މާރިޗު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected]އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

04 މާރިޗު 2025