ބީލަން
ނަންބަރު: IBM-HR/ADV/2025/10
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 09 މާރިޗު 2025 00:00
އައިލެންޑް ބެވަރެޖަޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭތިއްބުމަށް ބޭނުންވާ އެކޮމޮޑޭޝަން ހޯދުމަށް

މި އިޢުލާންވަނީ 05 މާރިޗު 2025 21:07 ގައި ބާތިލް ކުރެވިފައެވެ.


އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެެޑްގެ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް އެކޮމޮޑޭޝަނެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާއި ބެހޭ ގޮތުން މިކުންފުނިން ބޭނުންވާ ބައެއް ޝަރުތުތައް މިއިޢުލާނުގެ ތިރީގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
  • އިމާރާތުގައި މަދުވެގެން 15 ކޮޓަރި ހުންނަންވާނެއެވެ.
  • އިމާރާތުގައި މަދުވެގެން 10 ފާޚާނާ ހުންނަންވާނެއެވެ.
  • އިމާރާތުގައި ކައްކާކެވޭގޮތައް ބަދިގެޔެއް ހުންނަންވާނެއެވެ.
  • އިމާރާތުގައި އިމާރާތާއި އެކަށީގެންވާވަރުގެ ސެކިއުރިޓީ ސިސްޓަމްއެއް ހުންނަންވާނެއެވެ.
  • ހުރިހާ ކޮޓިރިއެއްވެސް އޭސީކޮަަށް އަދި ވެންޓިލޭޓް ކުރެވިފައިހުންނަންވާނެއެވެ.
  • އެކަށީގެންވާ އަލިފާން ނިއްވާ ނިޒާމެއް ޤާއިމް ވެފައިހުންނަންވާނެއެވެ.
  • ކޮމަން ހޯލްްްއެއްގެ ގޮތުގައި ބޭނުން ކުރާނެ ޖާގައެއް ހުންނަންވާނެއެވެ.
  • އަންނައުނު ދޮވުމާއި ހިއްކުމަށް ބޭނުން ކުރެވޭނެ ޖާގަައެއް ހުންނަންވާނެއެވެ.
  • އިމާރާތުގައި ހުންނަންވާނީ ކުއްޔަށްހިފާފަރާތުން ބަލައިގަނެވޭނެ ހާލަތުގައިވާ ރަނގަޅު ފެންވަރުގައިއެވެ.
  • އިމާރާތުގައި ބައިތިއްބުމަށް ހަމަޖެހިފައިވާ މުއައްޒަފުންގެ އަދަދު: 90-85

 2. ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  • ކޯޓޭޝަން (މުއްދަތު: 3 އަހަރު، ކުލި އަދި އެޑްވާންގެ ތަފްޞީލް)
  • ކުންފުނީގެ ރެޖިސްޓްރޭޝަން/ އައި.ޑީ ކާޑް ކޮޕީ
  • ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ
  • ބިޒްނަސް ޕްރޮފައިލް ޝީޓް (30 ދުވަސް ހަމަނުވާ)
  • ގުޅޭނެ ފަރާތެއްގެ ނަމާއި ނަންބަރ
  • ތަނުގެ ކުރެހުން  (މިންތައް އެނގޭ ގޮތަށް)
  • ވެރިފަރާތް ނޫން އެހެން ފަރާތަކުން ކުއްޔަށް ދޭ އިމާރާތެއްނަމަ، އެފަރާތަކީ އެއިމާރާތް ކުއްޔަށް ދޫކުރެވޭނެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް.

 3. އިވެލުއޭޝަން ކްރައިޓީރިއާ

މި ކަރުދާހުގައި ބީލަންވެރިޔާގެ އަދި ހުށަހަޅާ ޖާގާގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަ ވާންވާނެއެވެ، އަދި ތަން ޙަވާލު ކުރާއިރު ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވާނެ ކަން ކަށަވަރުކޮށްދޭން ވާނެއެވެ. އަދި ތަން ޙަވާލު ކުރާނެ ތާރީޚް ބީލަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

ކްރައިޓީރިއާ

މާކްސްދެވޭ އިންސައްތަ

ބީލަމުގެ އަގު (މަހު ކުލި)

75%

ޑިޕޮސިޓް

10%

ކުއްޔައްދޫކުރާ ތަނުގެ ސައިޒާއި ރައްކާތެރިކަން

5%

ކުއްޔައްދޫކުރާތަނުގެ ފަރާތުންދޭ ސަޕޯޓް ސާރވިސް

5%

ކުއްޔައްދޫކުރާ ތަނުގެ ލޮކޭޝަން

5%

 4.      ބިޑް ކުރިއަށްދާނެ ގޮތުގެ ތާވަލް

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

 

9 މާރޗް 2025

10:00

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެެޑް، ފެން ބިލްޑިންގ، 1 ވަނަ ފަންގިފިލާ، އަމީނީމަގު

އަގު ހުށައެޅުން

 

11 މާރޗް 2025

10:00

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެެޑް، ފެން ބިލްޑިންގ، 1 ވަނަ ފަންގިފިލާ، އަމީނީމަގު

 

 

ޝުކުރިއްޔާ

4 މާރޗް 2025

04 މާރިޗު 2025