މަސައްކަތް
ނަންބަރު: (OTHR)450-CA/450/2025/2
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި:
09 މާރިޗު 2025 11:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިޑު ހުށަހަޅަންޖެހޭ ތާރީޚު ބަދަލުވުން - 1 އަހަރު ދުވަހު މުއްދަތަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮފީސް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
2025 މާރިޗު 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެންދިއުމާއެކު، 1 އަހަރު ދުވަހު މުއްދަތަށް މިއޮތޯރިޓީގެ އޮފީސް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މި އޮތޯރިޓީން ޝާއިއުކުރި ނަންބަރު IUL)450-CA/450/2025/10) (24 ފެބުރުވަރީ 2025) އިޢުލާނުގެ ދަށުން، މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތާއި، ބިޑު ހުށަހަޅުއްވަންޖެހޭ ތާރީޚު، ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ އާންމުކޮށް އިޢުލާނު ކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2025 މާރިޗު 5 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވުން
- ތާރީޚު: 9 މާރިޗު 2025 (އާދީއްތަ)
- ގަޑި: މެންދުރު ކުރި 11:00 އަށް
- ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
- އިތުރު މަޢުލޫމާތު:
- ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
04 މާރިޗު 2025