ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)296/296/2015/41
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 20 އޮގަސްޓް 2015 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެޕްޓޮޕަކާއި މަލްޓިމީޑިއަރ ޕްރޮޖެކްޓަރެއް ގަތުމަށް

މިއިދާރާއަށް ލެޕްޓޮޕަކާއި، މަލްޓިމީޑިއާރ ޕްރޮޖެކްޓަރެއް ގަތުމަށް ކުރި ނަންބަރު IUL)296/296/2015/39) އިޢުލާނަށް އަގު ހުށަހަޅުއްވާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، ހުށަހެޅިފައިވާ އަގުތައް ބާޠިލްކުރުމަށްފަހު، އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

މިއިޢުލާން ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯން 6560016 ނުވަތަ 7907933 ފޯނާއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ 2015 އޮގަސްޓު 20ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ފެކްސް ނުވަތަ މެއިލުން ފޮނުވާ އަންދާސީހިސާބުވެސް ފޮނުއްވާނީ އަންދާސީހިސާބު ފޮނުއްވުމަށް ހަމަޖެހިފައިވާ ތާރީޚުގައި ކަނޑައެޅިފައިވާ ގަޑިއަށެވެ. ފެކްސް: 6560017 މެއިލް އެޑްރެހަކީ [email protected] އެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޝައްވާލް 1436

04 އޮގަސްޓް 2015