ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-A/1/2015/60
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 20 އޮގަސްޓް 2015 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
200 ޓަނު ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް ރިހިބިލިޓޭޝަން ސެންޓަރަށް، ފެންވެރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ 200 (ދުއިސައްތަ) ޓަނު ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

20 އޮގަސްޓު 2015

ބުރާސްފަތި

12:00 (މެންދުރު)

އަންދާސީހިސާބު ހުށަހެޅުއްވުން

25 އޮގަސްޓު 2015

އަންގާރަ

12:00 (މެންދުރު)

21 ޝައްވާލް 1436

06 އޮގަސްޓް 2015