ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)318-HR/318/2025/17
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 12 މާރިޗު 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ (ވޭޖް އެމްޕްލޮއިމަންޓް)

މަޤާމް :Driver
ބޭނުންވާ އަދަދު :2

މި އިދާރާއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު

ޑްރައިވަރ (ވޭޖް އެމްޕްލޮއިމަންޓް)

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ވަގުތީ (3 މަސްދުވަހުގެ މުއްދަތަށް)

މުސާރަ

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 50/- (ފަންސާސް ރުފިޔާ) 

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ރަށުގައި އުފެދޭ ކުނި، ދެމެހެއްޓެނި ގޮތެއްގައި ނައްތާލުމުގެ ނިޒާމްގެ ދަށުން ގޭގެއިން އުފެދޭ ކުނި ނެގުމުގައި މަސައްކަތްކުރުން.

ޝަރުޠު

ލިޔަން ކިޔަން ދަތުމާއިއެކު C1 ކެޓަގަރީގެ ލައިސަންސް އެއް އޮތުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގެ ތަޖުރިބާ.

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި އެކު، ހުށަހަޅަންޖެހޭ ލިއުންތައް، 2025 މާރިޗު 12 ވާ ބުދަދުވަހުގެ 13:00ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 0002 660 ފޯނާއެވެ.

 

03 މާރިޗު 2025