ދިވެހިރާއްޖެ
މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް 03 ރަމަޟާން 1446ހ (03 މާރިޗު 2025) އިން ފެށިގެން 19 ރަމަޟާން 1446ހ (19 މާރިޗު 2025) ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހެނދުނު 9:00 އިން މެންދުރުފަހު 12:30 އަށް އަދި 20 ރަމަޟާން 1446ހ (20 މާރިޗު 2025) އިން 27 ރަމަޟާން 1446ހ (27 މާރިޗު 2025) ގެ ނިޔަލަށް ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް މިކައުންސިލްގައި ހަމަޖެހިފައިވާނެ ވާހަކަވެސް ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 004-700434-7720 (1326 ޚަރަދު 2) އެކައުންޓަށް ފައިސާ ޖަމާކުރައްވާ މިއިދާރާގެ ވައިބަރ ނަމްބަރު 9442742 އަށް ސްލިޕް ފޮނުވައިދެއްވުމަށްވެސް ދަންނަވަމެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ޒަކާތް ދެއްކުމަށް ހުޅުވާލާފައިވާ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށްވެސް ޒަކާތު ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެގޮތުން އަންނަނިވި ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.
|
އިދާރާ/ކުންފުނި |
ޒަކާތް ދެއްކޭނެ ގޮތް |
|
|
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް) |
https://www.dhiraagu.com.mv/personal/promotions/Dhiraagu-Ramadan-Offers-2025 |
|
އުރީދޫ |
އެމް ފައިސާ |
|
|
މޯލްޑިވްސް އިސްލާމިކް ބޭންކް |
ފައިސާ މޯބައިލް (އެޕްލިކޭޝަން) |
https://faisanet.mib.com.mv/charity/pay?rt=Fitr%20Zakat&campaignId=1 |
|
ބޭންކް އޮފް މޯލްޑިވްސް |
ޕޯޓަލް (ވެބްސައިޓް) |
|
|
ފަހިޕޭ |
ފަހިޕޭ (އެޕްލިކޭޝަން) |
|
|
މިނިސްޓްރީ އޮފް ފިނޭންސް |
ބަނޑޭރި ޕޭ |
|
ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.
1446 ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.
|
ބާވަތް |
ރޭޓް (މީހަކަށް ދައްކަންޖެހޭވަރު) |
|
އާދައިގެ ހަނޑޫ |
12 ( ބާރަ ރުފިޔާ ) |
|
ތައިލެންޑް ހުދު ހަނޑޫ |
62 ( ފަސްދޮޅަސް ދެ ރުފިޔާ ) |
|
ރަތް ހަނޑޫ |
86 ( އަށްޑިހަ ހަ ރުފިޔާ ) |
|
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
74 ( ހަތްދިހަ ހަތަރު ރުފިޔާ ) |
|
ބާސްމަތީ ހަނޑޫ ( މޮޅު ) |
100 ( ސަތޭކަ ރުފިޔާ ) |
|
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު ) |
133 ( ސަތޭކަ ތިރީސް ރުފިޔާ ) |
|
އާދައިގެ ފުއް |
10 ( ދިހަ ރުފިޔާ ) |
|
އާޓާ ފުއް |
75 ( ހަތްދިހަ ފަސްރުފިޔާ ) |
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
03 ރަމަޟާން 1446
03 މާރިޗު 2025