ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)377/377/2025/6
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 27 މާރިޗު 2025 12:30
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމާ ގުޅޭ

 

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

                                          ނަމްބަރ:  (IUL)377/377/2025/06

                          

އިޢުލާން

 

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން.

 

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް މިއިދާރާއަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1446 (02 މާރޗް 2025 ) އިން ފެށިގެން 20 ރަމަޟާން 1445 (20 މާރޗް 2025 ) ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:30 އަށް އަދި 21 ރަމްޟާން 1446 ( 21 މާރޗް 2025 ) އިން 27 ރަމްޟާން 1446 ( 27 މާރޗް 2025 ) އަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް ނަގުދު ފައިސާއިން ޒަކާތް ބަލާއިގަތުން ކުރިއަށްދާނެއެވެ. އަދި ކައުންސލްގެ އެއްވެސް އެކައުންޓަކަށް ޒަކާތުގެ ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ. އޮންލައިންކޮށް ޒަކާތް ދެއްކެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ކަނޑަ އަޅުއްވާފައިވާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރަށުގެ ނަމުގައި ޒަކާތް ދެއްކޭނެ ވާހަކަވެސް މައުލޫމާތައްޓަކާ ދެންނެވީމެވެ.  

 1446 ވަނައަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި މިވަނީއެވެ.

 

 

ބާވަތް

ރޭޓް  (މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

-/12 (ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

-/62 (ހަތްދިހަ ރުފިޔާ)  

ރަތް ހަނޑޫ

-/86 (އަށްޑިހަ ރުފިޔާ)  

ބާސްމަތީ ހަނޑޫ (އާދައިގެ)

-/74 (ހަތްދިހަ ރުފިޔާ)  

ބާސްމަތީ ހަނޑޫ (މޮޅު)

-/100 (ސަތޭކަ ރުފިޔާ )

ބާސްމަތީ ހަނޑޫ (އެންމެ މޮޅު )

-/133 (ސަތޭކަ ފަންސަވީސް ރުފިޔާ )

އާދައިގެ ފުށް

-/10 (ދިހަ ރުފިޔާ )

އާޓާ ފުށް

-/75 (ހަތްދިހަ ފަސް ރުފިޔާ )

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             03 1445  I  

                   03  މާރޗް   2025

03 މާރިޗު 2025