ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)354/354/2025/8
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 27 މާރިޗު 2025 00:00
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

 

 ނަންބަރު:(IUL)354/354/2025/8

އިޢުލާނު

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

  1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ރަމަޞާން 1446 (3 މާރިޗް 2025) އިން ފެށިގެން 27 ރަމަޞާން 1446 (27 މާރިޗް 2025) ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަކުގެ ގޮތުގައި މިއިދާރާއިން ޢާއްމުކުރާ ރޭޓުތަކުގެ އަގަށްވާ ފައިސާ އިންނެވެ.

  މިކައުންސިލުން ޒަކާތުގެ ފައިސާ ބަލައިގަންނާނީ ހަމައެކަނި ނަގުދު ފައިސާގެ ގޮތުގައި ކަމުގައި ދަންނަވަމެވެ. މި ޚިދުމަތް ލިބިވަޑައިގަންނަވާނީ ރަސްމީ މަސައްކަތު ދުވަސްތަކުގައި، ހެނދުނު 10:30 އިން މެންދުރު 12:30 އާ ހަމައަށް ކައުންސިލް އިދާރާއިންނެވެ. އަދި 23 މާރިޗް 2025 އިން 27 މާރިޗް 2025 އަށް ފައިސާ ބަލައިގަންނާނީ މެންދުރުފަހު 13:00 އިން 14:00 އަށެވެ. އަދި ޒަކާތް އޮންލައިންކޮށް ދައްކަންބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް ޙާއްސަކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެދެމެވެ.

ބާވަތް

ރޭޓް (މީހަކަށް ދައްކަންޖެހޭވަރު)

އާދައިގެ ހަނޑޫ

12 (ބާރަ ރުފިޔާ)

ތައިލެންޑް ހުދު ހަނޑޫ

62 (ފަސްދޮޅަސް ދެ ރުފިޔާ)

ރަތް ހަނޑޫ

86 (އައްޑިހަ ހަ ރުފިޔާ)

ބާސްމަތީ ހަނޑޫ (އާދައިގެ)

74 (ހަތްދިހަ ހަތަރު ރުފިޔާ)

ބާސްމަތީ ހަނޑޫ (މޮޅު)

100 (ސަތޭކަ ރުފިޔާ)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

133 (ސަތޭކަ ތިރީސް ތިން ރުފިޔާ)

އާދައިގެ ފުއް

100 (ސަތޭކަ ރުފިޔާ)

އާޓާ ފުއް

75 (ހަތްދިހަ ފަސް ރުފިޔާ)

 

3 މާރިޗް 2025

3 ރަމަޞާން 1446

 

 

 

 

03 މާރިޗު 2025