ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ:
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 މާރޗް 2025 (2 ރަމަޟާން 1446) ވާ އާދިއްތަ ދުވަހުން ފެށިގެން 27 މާރޗް 2025 (27 ރަމަޟާން 1446) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:15 އިން 12:30 އަށެވެ. 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުންނެވެ. ރަމަޟާން މަހުގެ ފަހު 10 ގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ.
ތަފްސީލް (އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ރޭޓްތައް):
1. އާދައިގެ ހަނޑޫ - 12.00 ރުފިޔާ
2. ތައިލެންޑް ހުދު ހަނޑޫ - 62.00 ރުފިޔާ
3. އާދައިގެ ބާސްމަތީ ހަނޑޫ - 74.00 ރުފިޔާ
4. މޮޅު ބަސްމަތީ ހަނޑޫ - 100.00 ރުފިޔާ
5. އެންމެ މޮޅު ބާސްމަތީ ހަނޑޫ - 133.00 ރުފިޔާ
6. ރަތް ހަނޑޫ - 86.00 ރުފިޔާ
7. އާދައިގެ ފުށް - 10.00 ރުފިޔާ
8. އާޓާ ފުށް - 75.00 ރުފިޔާ
ވީމާ، ޒަކާތުގެ ފައިސާ ( ނަގުދު ފައިސާއިން ) ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލް އިދާރާއިން ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކައުންސިލްގެ އެކައުންޓަށް އޮންލައިންކޮށް ޖަމާކޮށްގެން ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް މި އަހަރު ހަމަޖެހިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.