ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MQS/MQS/2025/6
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 23:54
ސުންގަޑި: 04 ފެބުރުވަރީ 2025 13:00
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
ސްކޫލު ގޭޓު ބަދަލުކުރުމާއި ވޯކުވޭ ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ސްކޫލުގެ ގޭޓު (އެކެއް) އަދި ވޯކުވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރިޗު 2025 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދެވިފައިވާ ލިންކު ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަންވާނެއެވެ. ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެ ލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގެ ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/smYHqXGsArRqz1U68

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ

05 މާރިޗު 2025 (ބުދަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

12 މާރިޗު 2025 (ބުދަ)

11:00

ޕްރީ ބިޑް މީޓިން އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލުގެ މީޓިންގ ރޫމުގައި އެވެ.

 

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މައުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޕްރީބިޑް މީޓިންގ ގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3354903 ފޯނާއި ގުޅުއްވުން އެދެމެވެ.  

27 ފެބުރުވަރީ 2025