ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ، ކައުންސިލުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
| 
 #  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 1  | 
 02 މާރޗް 2025 – 20 މާރޗް 2025  | 
 ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު  | 
 09:15 ން 12:45އަށް  | 
| 
 2  | 
 21 މާރޗް 2025 – 27 މާރޗް 2025  | 
 ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު  | 
 09:15 ން 11:15 އަށް  | 
ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަޤުދު ފައިސާއިންނެވެ. ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ. އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ.
| 
 #  | 
 އިދާރާ / މުއައްސަސާ  | 
 ސުންގަޑިތައް  | 
| 
 1  | 
 ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު)  | 
 27 ރަމަޟާން 1446ގެ ހެނދުނު 06:00  | 
| 
 2  | 
 އުރީދޫ  | 
 27 ރަމަޟާން 1446ގެ ހެނދުނު 06:00  | 
| 
 3  | 
 މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)  | 
 27 ރަމަޟާން 1446ގެ ހެނދުނު 06:00  | 
| 
 4  | 
 ބޭންކް އޮފް މޯލްޑިވްސް  | 
 27 ރަމަޟާން 1446ގެ ހެނދުނު 06:00  | 
| 
 5  | 
 ފަހިޕޭ  | 
 ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00  | 
| 
 6  | 
 ބަނޑޭރި ޕޭ  | 
 ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00  | 
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
| 
 #  | 
 ބާވަތް  | 
 ފައިސާގެ ޢަދަދު  | 
| 
 1  | 
 އާދައިގެ ހަނޑޫ  | 
 12 ރުފިޔާ  | 
| 
 2  | 
 ތައިލެންޑް ހުދު ހަނޑޫ  | 
 62 ރުފިޔާ  | 
| 
 3  | 
 ރަތް ހަނޑޫ  | 
 86 ރުފިޔާ  | 
| 
 4  | 
 ބާސްމަތީ ހަނޑޫ (އާދައިގެ)  | 
 74 ރުފިޔާ  | 
| 
 5  | 
 ބާސްމަތީ ހަނޑޫ (މޮޅު)  | 
 100 ރުފިޔާ  | 
| 
 6  | 
 ބާސްމަތީ ހަނޑޫ (އެންމެ މޮޅު)  | 
 133 ރުފިޔާ  | 
| 
 7  | 
 އާދައިގެ ފުށް  | 
 10 ރުފިޔާ  | 
| 
 8  | 
 އާޓާ ފުށް  | 
 75 ރުފިޔާ  | 
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.