ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2025/42
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:36
ދަމަނަވެށި
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޭންޖެހޭ ޕޯލިއޯ ވެކްސިން ދިނުމާއި ގުޅޭ

1446 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޭންޖެހޭ ޕޯލިއޯ ވެކްސިން ދިނުމާއި ގުޅޭ

 

ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ފުރާވަޑައިގަންނަވާ ބޭފުޅުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ޕޯލިއޯ ވެކްސިން އަކީ އަނގައަށް ދޭންޖެހޭ ވެކްސިންއެއް ކަމަށްވެފައި، މިއީ ރޯދަ މަހު ދުވާލުގަޑީގައި ދެވޭ ވެކްސިންއަކަށް ނުވާތީވެ، ޢުމްރާއަށް އަދި އެހެނިހެން ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިން ނަންގަވަން ޖެހޭ ބޭފުޅުންނަށް މިވެކްސިން ދިނުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާނު ކުރަމެވެ.

 

އޮފީސް ހުޅުވާ ތާރީޚް / ދުވަސް

ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި

06 މާރޗް 2025 (ބުރާސްފަތި)

ރޭގަނޑު 9:00 އިން 10:00 އަށް

13 މާރޗް 2025 (ބުރާސްފަތި)

ރޭގަނޑު 9:00 އިން 10:00 އަށް

20 މާރޗް 2025 (ބުރާސްފަތި)

ރޭގަނޑު 9:00 އިން 10:00 އަށް

27 ފެބުރުވަރީ 2025