ދިވެހިރާއްޖެ
| 
 އިޢުލާން ވަޒީފާގެ ފުރުޞަތު:  | 
||
| 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
 މަޤާމް  | 
|
| 
 GS 3  | 
 މަޤާމުގެ ރޭންކް  | 
|
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު  | 
|
| 
 ސުޕްރީމް ކޯޓް  | 
 މަސައްކަތްކުރަންޖެހޭ ތަން  | 
|
| 
 -/4465 ރުފިޔާ  | 
 އަސާސީ މުސާރަ  | 
|
| 
 މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50 އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް.  | 
 މި މަޤާމަށް ލިބޭ އެލަވަންސް  | 
|
| 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.  | 
 
 އަސާސީ ޝަރުޠު  | 
|
| 
 1- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހަމަޖެއްސުން. 2- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެބޭފުޅުންގެ ޕްރޮޓޮކޯލް ބެލެހެއްޓުމުގެގޮތުން އެބޭފުޅުންގެ އަރިހުގައި ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުން. 3- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންފުޅުވާ އިދާރީ ކަންކަމާއި ޕްރޮޓޮކޯލާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން. 4- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެއާޕޯޓަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުން.  | 
 
 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު  | 
|
| 
 1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)  | 
 
 
 ހުށަހަޅަންޖެހޭ ތަކެތި  | 
|
| 
 މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ.  | 
 ސުންގަޑި  | 
|
| 
 މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 6 ސެޕްޓެންބަރު 2015 އިން ފެށިގެންނެވެ.  | 
 އިންޓަވިއު  | 
|
| 
 1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 3- މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ރިސެޕްޝަން ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.  | 
 
 
 އިތުރު މަޢުލޫމާތު  | 
|
21 ޝައްޥާލް 1436