ދިވެހިރާއްޖެ
އިޢުލާން |
1446 ވަނަ އަހަރުގެ ފިތުރުޒަކާތް ބަލައިގަތުމާއިބެހޭ
02 ރަމަޟާން 1446 އިން 27 ރަމަޟާން 1446 ފިތުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވީ ނަމަވެސް، ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައަޅުއްވާފައިވާތީ، މިއަހަރު ( 1446 ) ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 މާރޗު 2025 ން 20 މާރޗު 2025 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 ން 12:00 ށް ކަމުގައި ދަންނަވެމެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މިއިޢުލާން އާއިއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނެރުއްވާ ފައިވާ، 1446 ވަނަ އަހަރު ފިތުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު އިނގޭ ލިސްޓް ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.