ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2025/10
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 13 މާރިޗު 2025 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އޯލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި ލޭޓް އެންޓްރީ މުއްދަތުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން

                 2025 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިހާނުގެ ލޭޓް އެންޓްރީ މުއްދަތުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ 26 ފެބުރުވަރީ ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 0930 އިން 1230 އަށެވެ.

                 ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2025 މާރިޗު 13  ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ރަމަޟާންމަހު ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0930 އިން 1230 އަށެވެ.

26 ފެބުރުވަރީ 2025