މަސައްކަތް
ނަންބަރު: MED-153-FHS/2015/04
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 13 އޮގަސްޓް 2015 11:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އިމާރާތުގައި ތިރީގައި މިވާ މަރާމާތުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ވާރޭވެހުމުން ފެންލީކުވާ ފާރުތަކުގެ ރެނދުތަކާއި ކުޑަދޮރުތަކުގެ އަރިމަތިތައް މަރާމާތުކުރުން.
  • އެލްމިނިއަމް، ބިއްލޫރި ދޮރުތަކުގެ ހުޅު، އަތްގަނޑު، ފްލޯހިންޖަރސް އަދި ތަޅުތަކެއް ބަދަލުކުރުމާއި މަރާމާތުކުރުން.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮގަސްޓު 2015 ވާ (ހޯމަ) ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

10 އޮގަސްޓް 2015