ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2025/003
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 03 މާރިޗު 2025 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
21 ވަނަ ރަމަޟާން ކަޕް

       21 ވަނަ ރަމަޟާން ކަޕް 09 މާރިޗް 2025 ން 13 މާރިޗް 2025 އަށް މާލެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައި އެވަނީއެވެ.

       ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 03 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ.

       އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 13:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

25 ފެބުރުވަރީ 2025