ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FRP/182/2025/9
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:34
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޤަވާޢިދު ނަންބަރު 2024/R-86 ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލު ބަޔާންކުރާ ގަވާއިދަށް އަމަލުކުރާ މުއްދަތު އިތުރުކުރުން

23 އޮގަސްޓް 2024ގައި 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫން)ގެ ދަށުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ތެރެއިން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ގުޅޭ ގަވާއިދުތަކަށް އަމަލު ކުރަން ފެށެންދެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު 2024/R-86 ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލު ބަޔާންކުރާ ގަވާއިދަށް ކަމުގައި ދަންނަވަމެވެ.  

ވީމާ، މި ގަވާއިދަށް އަމަލުކުރާ އަދި ތަންފީޒުކުރާ ފަރާތްތަކަށް މި ކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

25 ފެބުރުވަރީ 2025