ދިވެހިރާއްޖެ
(IUL)88-MCEP/88/2025/29 :އިޢުލާން ނަންބަރު
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ޕްރޮޖެކްޓް ނަންބަރު: MV-MEE-463316-GO-RFB
"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް ޕްރޮމޯޓް ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް -ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުންމަގޭ ސާފު ރާއްޖެ" ޕްރޮގްރާމް ޕްރޮމޯޓް ކުރުމަށް ބޭނުންވާ ތަކެތި ފޯރު ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓް ތިރީގައި މިވާ ވަންޑްރައިވް ލިންކު މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
https://tinyurl.com/2rxk2rz2
މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 13 މާރިޗް 2025 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި ބީލަމުގައި ރެޖިސްޓްރީވެވޭނީ އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު އިނގޭނެހެން މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރޭހަށް އީމެއިލް ކުރައްވައިގެންނެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން
ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 09 މާރިޗް 2025 ދުވަހުގެ 11:00 ގައި ސާފުރާއްޖެ ބިލްޑިންގައެވެ. އަދި ޕްރީބިޑް ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްތަކުން 09 މާރިޗް 2025 ދުވަހުގެ 10:00 ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ.
ބިޑު ސެކިއުރިޓީ
ބިޑް ސެކިއުރިޓީ ހުށަހަޅާނަމަ މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި (15،000) (ފަނަރަ ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން (148) ދުވަހެވެ.
އަދި ބިޑް ސެކއުރިޓީގެ ބަދަލުގައި ބިޑް ސެކިއޯރިންގް ޑިކްލަރޭޝަން ހުށަހަޅާނަމަ، ޓެންޑަރ ޑޮކިއުމަންޓްގެ 64 ވަނަ ޕޭޖުގައި ވާ "Form of Bid-Securing Declaration" ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 20 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 20 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 13 މާރިޗް 2025 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް[email protected]
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 20th March 2025 at 1100hrs – “Production of Merchandise items to promote the “Magey Saafu Raajje Initiative – (IUL)88-MCEP/88/2025/29”
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ސާފު ރާއްޖެ ބިލްޑިނގް
މާލެ، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ނަންބަރު: +960 3018451
ވެބްސައިޓް: www.environment.gov.mv
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
24 ފެބްރުއަރީ 2025